ކިތަންމެ ގާތް މީހަކު ނަމަވެސް ގޯސްކަމެއް ކުރީމަ އެކަމަށް އިންކާރު ކުރެވެން ޖެހޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އެ ބޭފުޅާ ވިދާޅުވީ ކިތަންމެ ގާތް މީހަކު ނަމަވެސް ގޯސްކަމެއް ކުރީމަ އެކަމަށް އިންކާރު ކުރެވެން ޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި އޭނައަށް ހިތްވަރު ދީ އިންކާރު ކުރި މީހުންނަށް ރައްދުވާ ގޮތަށް ބަސް ބުނުމަކީ ނުބައި ކަންތަކަށް ދެވޭ ހިތްވަރެއް ކަމަށެވެ.
Kithanme gäiy mëhaku namaves goas koh kameh kurëma ekamah inkäru kureven jeheyne eve. Eyge badhalugai eyna ah hiyvarudhë, inkäru kuri mëhunnah radhdhuvaa gothah bas bunumaky nubai kanthakah dhevey hiyvarekeve.
Thimaage amilla maslahathah vure jama'ath ge maslahathu iskuräsheve.— Dr.Mohamed Iyaz (@dr_iyaz) August 22, 2018
"ކިތަންމެ ގާތް މީހަކު ނަމަވެސް ގޯސްކަމެއް ކުރީމަ އެކަމަށް އިންކާރު ކުރެވެން ޖެހޭނެއެވެ. އޭގެ ބަދަލުގައި އޭނައަށް ހިތްވަރު ދީ އިންކާރު ކުރި މީހުންނަށް ރައްދުވާ ގޮތަށް ބަސް ބުނުމަކީ ނުބައި ކަންތަކަށް ދެވޭ ހިތްވަރެކެވެ. ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ޖަމާއަތުގެ މަސްލަހަތު އިސްކުރާށެވެ." ޑރ. އިޔާޒް ވިދާޅުވިއެވެ.
މި ޓްވީޓްގައި ޑރ. އިޔާޒް ވަނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ޖަމާއަތުގެ މަސްލަހަތު އިސްކުރުމަށް ނަސޭހަތްތެރިވެފައެވެ.