Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވޯޓު ގުނަން ޓެބްލެޓް ބޭނުން ކުރުމަކީ ޤާނޫނު އަސާސީ އާއި ހިލާފު ކަމެއް: މަހްލޫފް

ވޯޓު ގުނަން ޓެބްލެޓް ބޭނުން ކުރުމަކީ ޤާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ވިދާޅުވީ ޓެބްލެޓަށް ނަތީޖާ އެންޓަރ ކުރުމުން، އީސީއިން އިލެކްޓްރޯނިކަލީ އެޕްރޫވް ނުކުރަނީސް ނަތީޖާ ޝީޓް ޕްރިންޓެއް ނުކުރެވޭ ކަމަށެވެ. ކުރިން އޮންނަ އުސޫލުން ޝީޓްގަ އަތުން ލިޔެފަ، ވޯޓު ގުނާ މަރުކަޒުގަ ނަތީޖާ ޝީޓް ތައްކުރަން ޖެހޭނެ ކަމަށެވެ.

"ޓެބްލެޓަށް ނަތީޖާ އެންޓަރ ކުރުމުން، އީސީއިން އިލެކްޓްރޯނިކަލީ އެޕްރޫވް ނުކުރަނީސް ނަތީޖާ ޝީޓް ޕްރިންޓެއް ނުކުރެވޭ. ކުރިން އޮންނަ އުސޫލުން ޝީޓްގަ އަތުން ލިޔެފަ، ވޯޓު ގުނާ މަރުކަޒުގަ ނަތީޖާ ޝީޓް ތައްކުރަން ޖެހޭނެ. ވޯޓު ގުނަން ޓެބްލެޓް ބޭނުން ކުރުމަކީ ޤާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފު ކަމެއް." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ ޓްވީޓާއި ގުޅުވައިގެން ކުރީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނަށް ވޯޓު ނަތީޖާ ޓެބްލެޓް މެދުވެރިކޮށް ފޮނުވުމަށް ނިންމާފައިވި ނަމަވެސް އެކަން ކުރަން ޖެހޭނީ ވޯޓުގެ ނަތީޖާ އިއުލާން ކުރުމަށް ފަހުގައި ކަމަށެވެ.