Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ނ އަދި ރ. އަތޮޅަށް އިބޫ ފުރާވަޑައިގެންފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ނ. އަދި ރ އަތޮޅަށް ފުރާވަޑައިގެންފި އެވެ.

އިބޫގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ ނ.އަތޮޅަށެވެ. އެއަށްފަހު ނ.މަނަދޫ އާއި މަގޫދޫ އާއި ޅޮހީގެ އިތުރުން މިލަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަ ޖެހިފައި އެވެ. އަދި މިލަދޫގައި މިރޭ ކެމްޕެއިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބުރާސްފަތި ދުވަހު 4 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެއީ ރ.ހުޅުއްދުއްފާރާއި އަނގޮޅިތީމާއި ރަސްގަތީމާއި ވާދޫގެ އިތުރުން އަލިފުއްޓަށެވެ. ބުރާސްފަތި ދުވަހު އަނގޮޅިތީމުގައި ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހަމަ ޖެހިފައިވާއިރު އަލިފުށީގައި ކެމްޕެއިން ޖަލްސާއެއް ބާއްވަން ހަމަ ޖެހިފައިވެ އެވެ.

ހުކުރު ދުވަހު އިބޫ ވަޑައިގަންނަވާނީ އުނގޫފަރާއި އިނގުރައިދޫ އާއި ފައިނާއި ކިނޮޅޮހާއި ދުވާފަރަށެވެ. އަދި ހުކުރު ދުވަހު ފައިނާއި އިނގުރައިދޫ ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވާނެއެވެ.

ހޮނިހިރު ދުވަހު އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާކުރަތާއި ރަސްމާދޫ އާއި އިންމާދޫ އާއި މަޑުއްވަރީ އާއި މީދޫ ވަޑައިގަންނަވާނެ އެވެ.

ދަތުރު ނިންމަވާލެއްވުމަށްފަހު އބޫ މާލެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހުގެ ރޭ ގައެވެ.