Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސް ޔާމީން ވެރިކަމުން ދުރުކުރުން ލާޒިމް: ނަޝީދު

ރައީސް ޔާމީންގެ ފަރާތްޕުޅުން މި ފެންނަނީ މަދު ދިވެހި ވެރިއެއްގެ ކިބައިން ނޫނީ ނުފެންނަ ފަދަ އަނިޔާވެރި ސިފަތަކެއް ކަމަށާއި އެހެން ކަމުން ޔާމީން ވެރިކަމުން ދުރުކުރުން ލާޒިމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ އެއްބަފާ ބޭބޭފުޅު އަށިގޭގައި ބާއްވައިގެން ދިވެހިންނަކަށް މިކަންކަން ބަލައެއް ނުގަނެވޭނެ ކަމަށެވެ.

"ރައީސް ޔާމީންގެ ފަރާތްޕުޅުން މި ފެންނަނީ މަދު ދިވެހި ވެރިއެއްގެ ކިބައިން ނޫނީ ނުފެންނަ ފަދަ އަނިޔާވެރި ސިފަތަކެއް. އެއްބަފާ ބޭބޭފުޅު އަށިގޭގައި ބާއްވައިގެން ދިވެހިންނަކަށް މިކަންކަން ބަލައެއް ނުގަނެވޭނެ. އޮނަރަބުލް އިބްރާހީމް މުޙައްމަދު ސޯލިހަށް ވޯޓު ދެއްވާ. ރައީސް ޔާމީން ވެރިކަމުން ދުރުކުރުން ލާޒިމް" ނަޝީދު ވިދާޅުވިއެވެ.

މި ޓްވީޓްގައި ނަޝީދު ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް ވިދާޅުވެފައެވެ.