ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ހާލުކޮޅު ވަރަށް ދަށްވެފައިވާ ކަމަށް ވިދާޅުވެ ޑޮކްޓަރުން މާލެ ގެންގޮސް އެ މަނިކުފާނަށް ފަރުވާ ދެއްވުމަށް ލަފާ ދެއްވާފައިވީ ނަމަވެސް އެގޮތަށް އެކަން ނުކުރައްވާތީ ރައީސް ޔާމީނަކީ ކޮންފަދަ ބޮޑު އަނިޔާވެރިއެއްތޯ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ސުވާލު ކުރައްވައިފިއެވެ.
މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުން ރައީސް މައުމޫން މާލެ ގެންގޮސް ފަރުވާ ދިނުމަށް ލަފާދެއްވާފައިވީ ނަމަވެސް ރައީސް ޔާމީން އުޅުއްވަނީ ރައީސް މައުމޫނަށް އެ ފުރުސަތުވެސް ނުދިނުމަށް ކަމަށެވެ.
.@maumoonagayoom ge shihee Haalu koh vanee kan bodu vaa hisaabu ga, Doctor Lafaadhenee Ithurah faruvaa dhinumahtakaa E Manikufaanu Male’ gendhiumah. RY masaiykaiy kuranee RM ah e fusathu ves nudhinumah! RY mee konfadha bodu aniyaaveri ehtho? RM vaguthun minivan kurumah govaalan.
— Mohamed Musthafa (@Thimarafushi) August 22, 2018
މުސްތަފާ ވިދާޅުވީ" މައުމޫން އަބްދުލްޤައްޔޫމްގެ ސިއްހީ ހާލުކޮޅު ވަނީ ކަންބޮޑުވާ ހިސާބުގަ، ޑޮކްޓަރު ލަފާދެނީ އިތުރަށް ފަރުވާ ދިނުމަށްޓަކައި އެ މަނިކުފާނު މާލެ ގެންދިޔުމަށް. ރައީސް ޔާމީން މަސައްކަތް ކުރަނީ ރައީސް މައުމޫން އަށް އެ ފުރުސަތު ވެސް ނުދިނުމަށް! ރައީސް ޔާމީން މީ ކޮންފަދަ ބޮޑު އަނިޔާވެރިއެއްތޯ؟ ރައީސް މައުމޫން ވަގުތުން މިނިވަން ކުރުމަށް ގޮވާލަން" މިފަދައިންނެވެ.
މުސްތަފާގެ ޓްވީޓްގައި އޭނާ ވަނީ ރައީސް މައުމޫން ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ.