Last Updated: May 17, 21:29
Friday, May 17, 2024
ޚަބަރު

ރިޔާސީ ބަހުސްގެ ދައުވަތު އިބޫ ގަބޫލް ކުރައްވައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި ޕީއެސްއެމް ގުޅިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވާ ބަހުސްގެ ދައުވަތު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގަބޫލް ކުރައްވައިފިއެވެ.

"ރިޔާސީ ބަހުސް 2018" ނަމުގައި ކުރިއަށްގެންދާ ބަހުސްގެ ދައުވަތު ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ގަބޫލް ކުރައްވާފައެވެ.

"ރިޔާސީ ބަހުސް 2018" ނަމުގައި ބާއްވާ ބަހުސް ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައި ނުވެއެވެ. ޕީއެސްއެމްއިން ބުނީ ރިޔާސީ އިންތިހާބާއި ގުޅިގެން ކެންޑިޑޭޓުންގެ މެނިފެސްޓޯ އާއި ގުޅޭ ބަހުސެއްގެ އިތުރުން ކެންޑިޑޭޓުންގެ ބަހުސް އަކާއި، ރަނިންމޭޓުންގެ ބަހުސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އިދިކޮޅު ކެންޑިޑޭޓު އިބޫ ޕީއެސްއެމްގެ ބަހުސް ދައުވަތު ގަބޫލް ކުރެއްވި އިރު އަދި މިހާތަނަށް ޕީއެސްއެމްއިން އިދިކޮޅު ކެންޑިޑޭޓަށް ކެމްޕެއިންއަށް އެއްވެސް ފުރުސަތެއް ދީފައި ނުވާއިރު އެންޓި ކެމްޕެއިން ކުރައްވަމުން ގެންދަވާކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އެވާހަކަތަކަށް އިތުރު ހިތްވަރެއް ލިބެނީ ދާދި ފަހުން އިބޫ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްްގައި އެއަތޮޅު ހިތަދޫގައި ބޭނުން ނުކޮށް ވީރާނާވާން ދޫކޮށްލާފައިވާ މިސްކިތެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯ އަކާއި ގުޅޭ ގޮތުން ރިޕޯޓެއް ހަދާފައެވެ.