Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެމްޑީއޭގެ ސްޓޭންޑަކީ ކޮބާ؟

އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އެގްރިމެންޓް ވަނީ ނިމުމަކަށް އައިސްފައި ކަމަށް ވިދާޅުވެ އެމްޑީއޭގެ ސްޓޭންޑަކީ ކޮބައިތޯ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ސުވާލު ކުރައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވެފައިވަނީ އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އެގްރިމެންޓް ވަނީ ނިމުމަކަށް އައިސްފައި ކަމަށެވެ. އެއްބަސްވުމެއް ހެދިކަމަށް އިއުލާނެއް ނުކުރާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. އެމްޑީއޭ އިން ޔާމީންގެ ދަތުރުތަކުގައި ވެސް ބައިވެރިއެެއް ނުވާ ކަމަށާއި، އެމްޑީއޭ އޮތީ ޕީޕީއެމާއިއެކު ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިޔަސް އެމްޑީއޭއިން އެކަން ހާމަކޮށްފައި ނުވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

"އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އެގްރިމެންޓް ވަނީ ނިމުމަކަށް އައިސްފައި. އެއްބަސްވުމެއް ހެދިކަމަށް އިއުލާނެއް ނުކުރޭ. އެމްޑީއޭ އިން ޔާމީންގެ ދަތުރުތަކުގައި ވެސް ބައިވެރިއެެއް ނުވޭ. އެމްޑީއޭ އޮތީ ޕީޕީއެމާއިއެކު ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިޔަސް އެމްޑީއޭއިން އެކަން ހާމަކޮށްފައި ނުވޭ. އެމްޑީއޭ ގެ ސްޓޭންޑަކީ ކޮބާ؟" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވަނީ ސަރުކާރުން ޓެބްލެޓްތަކެއް ގެނެސް ވޯޓު އޮޅުވާލަން ދުރާލާ ރާވަމުންދާ ކަމަށް މިއަދު ވިދާޅުވެ އެކަމުގެ ތަފްސީލް ހިމެނޭ 4 ސަފްހާގެ ބަޔާނެއްވެސް ސޯޝަލް މީޑިއާއާއި ހިއްސާކޮށްފައެވެ.