Last Updated: June 25, 13:20
Wednesday, June 25, 2025
ޚަބަރު

ރައީސް މައުމޫން އާއިލާއާއި ހަވާލުކޮށްދެއްވުމަށް ގޮވާލަން: ފައިސަލް

ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެފައިވާ މި ދަނޑިވަޅު އެ މަނިކުފާނަށް ފަރުވާ ދެވޭނެ އިންތިޒާމް ފަސޭހަ ކޮށްދެއްވާ އާއިލާއާއި ހަވާލުކޮށްދެއްވުމަށް އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ފައިސަލް ވަނީ ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވަމުންދާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

"ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވަމުންދާތީ އިންތިހާއަށް ކަންބޮޑުވޭ. ރައީސް މައުމޫނަށް ފަރުވާ ދެވޭނެ އިންތިޒާމް ފަސޭހަކޮށްދެއްވާ އާއިލާއާއި ހަވާލުކޮށްދެއްވުމަށް ގޮވާލަން" ފައިސަލް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ފަރުވާ ދެއްވުމަށް މާލެއިން ޑޮކްޓަރުން ވަނީ މާފުއްޓަށް ގެންދެވިފައެވެ. އެމަނިކުފާނަށް ފަރުވާދެއްވުމަށް މާލެ ގެންދިޔުމަށް މާފުށީ ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް އަރިސް ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ.

ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވެފައިވާ މި ދަނޑިވަޅު އެކަށީގެންވާ ފަރުވާ އަށް މާލެ ނުގެންނަވާތީ އާއި ގެޔަށް ބަދަލުކޮށް ނުދެއްވާތީ ވަރަށް ގިނަ މަޖިލިސް މެމްބަރުންނާއި ސިޔާސީ ފަރާތްތަކުގެ ކަންބޮޑުވުންތައް ދަނީ ފާޅު ކުރަމުންނެވެ.