Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

އަޖޭގެ "ދޭ ދޭ ޕިޔާރް ދޭ" ރިލީސް ކުރާ ތާރީހް ހާމަކޮށްފި

މަޝްހޫރު ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަންގެ ކުރިޔަށް އޮތް ފިލްމް "ދޭ ދޭ ޕިޔާރް ދޭ" 2019 ވަނަ އަހަރު ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ރިލީޒް ކުުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފިއެވެ.

މި ފިލްމްގެ ސްކްރިޕްޓް ލިޔެފައިވަނީ ކޮމެޑީ ސިލްސިލާ " ޕިޔާރުކާ ޕަންޗްނާމާ"، އަދި އަހަރުގެ ހިޓް ލިސްޓްގައި ހިމެނޭ ފިލްމް "ސޯނޫ ކޭ ޓީޓޫ ކީ ސުވީޓީ" ފަދަ ފިލްމްތަކުގެ ސްކްރިޕްޓް ލިޔެފައިވާ ލަވް ރަންޖަންއެވެ.

މި ފިލްމްގެ ސްޓާރުންގެ ތެރޭގައި އަޖޭ ދޭވްގަން އާއިއެކު ތާބޫ، ޖިމީ ޗާރގިލް، އަދި ރަކުލް ޕްރީތް ސިންގް ހިމެނެއެވެ.

މި ފިލްމް ޑައިރެކްޓް ކުރަނީ އިންޑަސްޓްރީގެ މަޝްހޫރު އެޑިޓަރެއް ކަމަށްވާ އާކިވް އަލީއެވެ. އާވިކް ވަނީ މަޝްހޫރުވި ފިލްމްތައް ކަމަށްވާ "ކާބިލް"، "ޕިޔާރްކާ ޕަންޗްނާމާ 2"، "ބްރަދާސް" އަދި "ބޭންގް ބޭންގް" ފަދަ ފިލްމްތައް އެޑިޓް ކޮށްފައެވެ.

ފިލްމާއި ބެހޭ ގޮތުން ޑައިރެކްޓަރު ބުނެފައިވަނީ މިއީ ރޮމެންޓިކް ކޮމެޑީ ފިލްމެއް ކަމަށެވެ.