Last Updated: June 11, 10:48
Thursday, June 11, 2026
ކުޅިވަރު

އެމެރިކާގައި ކުޅެން ލަލީގާ ކެޕްޓަނުން ދެކޮޅު

ސްޕެނިޝް ފުރަތަމަ ޑިވިޝަން ފުޓުބޯޅަ، ސްޕެނިޝް ލަލީގާގެ ބައެއް މެޗުތައް އެމެރިކާގައި ކުޅުމަށް ނިންމި ނިންމުމަށް ޓީމުތަކުގެ ކެޕްޓަނުން ދެކޮޅު ހަދައިފިއެވެ.

ޓީމުތައް ތަމްސީލު ކުރުމުގެ ގޮތުން ކެޕްޓަނުން ނުވަތަ ވައިސް ކެޕްޓަނުން ވަނީ އެއް މޭޒު ދޮށަށް އައިސް މަޝްވަރާ މަޖިލީހެއް ބާއްވާފައެވެ. ކުޅުންތެރިން ވަނީ އަންނަ ސެޕްޓެމްބަރު މަހުގައި ވެސް އެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ކުޅުންތެރިން ވަނީ ލީގުން މިނިންމުން ނިންމާފައިވަނީ އެމީހުންނާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމަށް ފަހު ނޫން ކަމަށް ބުނެފައެވެ. އަދި މި ނިންމުމަކީ އެއްވެސް ވަރަކަށް ހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި އެއްބަސް ނުވެވޭނެ ކަމަށް ކެޕްޓަނުން ބުނެފައިވެއެވެ.

ކުޅުންތެރިން ވަނީ މިކަން ހުއްޓުވުމަށް ކުޅުން ހުއްޓާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ނަމަވެސް އަދި އެހިސާބަށް ދާން ނުވިސްނާ ކަމަށާއި، ކުރަން ޖެހިއްޖެނަމަ ކުރާނެ ކަމަށް ލަލީގާގެ ހުރިހާ ޓީމުތަކެއް ބައިވެރިވި މި ބައްދަލުވުމުގައި ބުނެފައިވެއެވެ.

ފަނަރަ އަހަރަށް ހެދި މި އެއްބަސްވުމުގައި އަދި އެމެރިކާގައި ކުޅޭނެ ތާރީޚެއް، ޓީމުތަކެއް އަދި ސީޒަނެއް ވެސް އިއުލާން ކޮށްފައެއް ނުވެއެވެ. އެމެރިކާގައި ފުޓުބޯޅަ ފޯރި އިތުރު ކުރުމަށް ކަމަށް ބުނެ މި އެއްބަސްވުން ހަދާފައިވަނީ ހުކުރު ދުވަހުގައެވެ.