Last Updated: June 11, 10:48
Thursday, June 11, 2026
ޚަބަރު

ބަހުސްގައި ބައިވެރިނުވުމަށް އިބޫ ނިންމަވައިފި

އައްޑޫ ސިޓީ (13 ޖުލައި) - އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެމްޕެއިން ޓީމް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ދެމެދުގައި ބާއްވަން ނިންމި ބަހުސްގައި ބައިވެރިނުވުމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރިޔާސީ ބަހުސްއަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށް އެންމެ ފުރަތަމަ ވިދާޅުވި އިބޫ ސޯލިހް، ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އަނބުރާ ނަގާފައިވާ ކަން އިއުލާން ކުރީ، ތަރުޖަމާން މާރިޔާދީދީ މެދުވެރިކޮށެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ޕްރެސް ކޮންފަރެންސެއްގައި މާރިޔާ، އިބޫ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އަނބުރާ ގެންނަވާފައިވާ ކަން އިއުލާން ކުރީ، އިބޫގެ ދައުވަތު ރައީސް ޔާމީން ގަބޫލު ކުރައްވާފައިވަނިކޮށެވެ.

ބަހުސްގައި ބައިވެރިނުވާން އިބޫ ނިންމެވީ، ކުރިން ހެޔޮ ނިޔަތުގައި ކުރަން އުޅުނު ކަމެއް ކަމަށް ހީފުޅު ކުރެވިގެން ކަމަށާއި މިހާރު އެގޮތަށް ގަބޫލުނުކުރެވޭތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެގޮތުން ބަހުސް ބާއްވާނެ ދުވަހެއް އަދިވެސް އިއުލާން ކޮށްފައިނުވާ ކަމަށާއި ބާއްވާނެ ތަނެއް ވެސް އިއުލާން ކޮށްފައިނުވަނީ ރަނގަޅަށް ތައްޔާރުވުމުގެ ފުރުސަތުން މަހްރޫމް ކުރުމަށް ކަމަށް ގަބޫލުކުރެވޭ ކަމަށް މާރިޔާދީދީ ވިދާޅުވިއެވެ.