Last Updated: June 25, 11:52
Wednesday, June 25, 2025
ޚަބަރު

މައުމޫން ދޫނިދޫ ޖަލަށް ބަދަލުކޮށްފި

މައުމޫން ކޯޓަށް ހާޒިރު ކުރުމަށް ގެންނަނީ - ފޮޓޯ: މިހާރު (ހުސައިން ވަހީދު)

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމްގެ އާލާސްކަންފުޅު އިތުރަށް ގޯސްވެފައިވަނިކޮށް އެމަނިކުފާނު މިއަދު ދޫނިދޫ ޖަލަށް ބަދަލުކޮށްފިއެވެ.

މައުމޫން ދޫނިދޫ ޖަލަށް މާފުށިން ބަދަލުކޮށްފައިވާކަން އަންގާފައިވާ ކަމަށް މައުމޫން ރިފޯމް މޫވްމަންޓުން ހާމަކޮށްފައިވާއިރު، އެބޭފުޅުން ވިދާޅުވެފައިވަނީ މައުމޫން ބަދަލުކުރި ސަބަބެއް އަންގާފައި ނުވާ ކަމަށެވެ.

މައުމޫންގެ އާލާސްކަންފުޅު ގޯސްވެ، މާލެއިން ޑޮކްޓަރަކު ވަނީ މާފުށީ ޖަލަށް ގެންގޮސްފައެވެ. އަދި ސިއްހީ ހާލު ދެރަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވާތީ މާލެއިން ޑޮކްޓަރުން ޖަލަށް ގެންދިޔަ ނަމަވެސް މިއަދު ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާއިރު މައުމޫން ހާލާ މެދު ވަކި އެއްޗެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މައުމޫން ގޭބަންދަށް ބަދަލުކޮށްނުދޭތީ ވަކީލުން ވަނީ އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އުމުރުން ދުވަސްވެފައިވާ ހާލު މައުމޫން ޖަލުގައި ބާއްވާފައި އޮތުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ރައީސް ޔާމީނަށް ވަނީ އަމާޒުވެފައެވެ.