މިސަރުކާރުން ކުރާ ބޭކާރު ޚަރަދު ނުކުރާނަމަ މިހާރު ގެނެވިފައިވާ ތަރައްގީގެ ތިން ގުނަ ރާއްޖެއަށް ގެނެވުނީސް ކަމަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އިބޫ މިހާރު ކެމްޕޭނަށް ރ. ރަސްގެތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ރާއްޖެ ތަރައްގީ ނުވަނީ ވައްކަމާއި ޚިޔާނާތުގެ ވަބާ ބޮޑު ކަމުން ކަމަށެވެ.
ރައްޔިތުންނަށް ފައިދާއެއް ނެތް ގޮތުގައި ރާއްޖޭގެ ފަޅުތަކާއި ރަށްތައް، ނުއަގުގައި މިސަރުކާރުން ވިއްކާފައިވަނީ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްގައި ކަމަށް އިބޫ އަބަދުވެސް ވިދާޅުވެެއެވެ.
މިއަދުގެ ޖަލްސާގައި ވެސް ވަނީ ސަރުކާރުން ހިންގާފައިވާ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލަ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހު ބައްލަވަން ފައްޓަވާނެ ކަމަށް އަނެއްކާވެސް ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޔާމީން ވަނީ އެ މައްސަލަ އިބޫއަށް ނުބެލޭނެ ކަމަށާއި، އެކަން ބަލައި ފައިސާ ހޯދޭނީ އެމަނިކުފާނަށް ކަމަށެވެ.