"އޮލްޓަނޭޓިވް ނެރޭޓިވް" ހޯދުން އެއީ އެމްޑީޕީގެ ފަލްސަފާ ކަމަށާއި ލާދީނިއްޔަތު ފެތުރުން އެއީ އެ ފިކުރުގެ އަސާސް ކަމަށް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރާތީ ރާއްޖެއިން ޑީޕޯޓް ކޮށްފައިތިބި މީހުން އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި ބައިވެރިވުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ. "އޯލްޓަނޭޓިވް ނެރޭޓިވް" ހޯދުން އެއީ އެމްޑީޕީގެ ފަލްސަފާ ކަމަށާއި ލާދީނިއްޔަތު ފެތުރުން އެއީ އެ ފިކުރުގެ އަސާސް ކަމަށް ވެސް މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އިތުރަށް ވިދާޅުވީ މީ ދުނިޔެ ދެކެފައިވާ ހަގީގަތް ކަމަށެވެ.
Christiandheen fathuran masakkai kuraathee raajjein deportkoffai thibi meehun MDP ge riyaasee campaign ga baiverivumakee hairaanvaa kamehnoon.
"Alternative narrative" hoadhun eyee ge MDPge falsafaa. Laadheeniyyathu fethurun eyee e fikuruge asaas.Mee dhuniye dhekefaivaa hageegai.— Dr Mohamed Muizzu (@MMuizzu) August 23, 2018
ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ޑޭވްހާޑިންގަމް ޔޫކޭގައި ޖަޒީރާ ކެމްޕޭން ފައްޓައިފި ކަމަށް ދެކެވޭ ވާހަކަ ތަކަށް އަމާޒު ކުރައްވާ މުއިއްޒު މިހެން ވިދާޅުވެފައިވާ އިރު ޕީޕީއެމްގެ ނިހާން ހުސައިން މަނިކުވެސް ވަނީ އެކަމަށް އިޝާރާތް ކުރައްވާ ޓްވީޓް ކުރައްވާފައެވެ.