އެ ބޭފުޅާގެ ނަޒަރުގައި އިސްލާމީ އެންމެ ބޮޑު ފިކުރަކީ މިނިވަންކަމާއި އިންސާފު ކަމަށާއި އަނިޔާވެރިނުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އިންތި ވިދާޅުވީ އެ ބޭފުޅާގެ ނަޒަރުގައި އިސްލާމީ އެންމެ ބޮޑު ފިކުރަކީ މިނިވަންކަމާއި އިންސާފު ކަމަށާއި އަނިޔާވެރިނުވުން ކަމަށެވެ. އަދި އެ ފިކުރުގެ މައްޗަށް ބިނާވެފައިވާ މީހުން މަދެއް ނޫންކަމަށެވެ.
Alhuganduge nazarugai enme bodu Islami fikurakee minivankan; insaafu; aniyaaveri nuvun. Mi fikuruge mahchah binaavefaiva meehun madheh noon.
Enme bodu siyaasi party kamahva MDP akee mi fikuruge mahchah binaavefaiva party. #JazeeraRaajje https://t.co/kw2EghpfuA
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) August 23, 2018
"އަޅުގަނޑުގެ ނަޒަރުގައި އެންމެ ބޮޑު އިސްލާމީ ފިކުރަކީ މިނިވަންވަންކަން، އިންސާފު؛ އަނިޔާވެރިނުވުން. މި ފިކުރުގެ މައްޗަށް ބިނާވެފައިވާ މީހުން މަދެއް ނޫން. އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީއަކީ މި ފިކުރުގެ މައްޗަށް ބިނާވެފައިވާ ޕާޓީ" އިންތި ވިދާޅުވިއެވެ.