Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ޢަދާލަތު ޕާޓީގެ ޝަޚްސު އޮޅުވާލި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

ޢަދާލަތު ޕާޓީގެ ޝަޚްސު އޮޅުވާލި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި - ފޮޓޯ: ސޯޝަލް މީޑިއާ

އަދާލަތު ޕާޓީގެ ނަމުގައި ބަޔަކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައެއް ބެލުމަށް އެ ޕާޓީން ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.

އެ ޕާޓީން ބުނީ މިހިނގާ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އަދާލަތު ޕާޓީގެ އާންމު މެމްބަރުން ކަމަށް ބުނެ އެޕާޓީއަށް ނިސްބަތްނުވާ ބަޔަކު ނޫސްވެރިންނާ ބައްދަލުކޮށް ޕާޓީގެ މެމްބަރުންގެ ނަމުގައި މީޑިއާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ތަޙްޤީޤްކޮށްދިނުމަށް އެދި ފުލުސްއޮފީހަށް އަދާލަތު ޕާޓީން ފޮނުވާފައިވާ ސިޓީގައި އެޕާޓީގެ ނަމުގައި ޝަޚްސު އޮޅުވާލާފައިވާ 5 މީހެއްގެ ތަފްޞީލުވެސް ވަނީ ފޮނުވާފައެވެ.

އަދާލަތު ޕާޓީން މައުލޫމާތު ދޭ ގޮތުގައި އެ 5 މީހުންނަކީ ވ.ތިނަދޫ ރެޑް ހައުސް މުޙައްމަދު ރާޝިދާއި ހއ.މުރައިދޫ އަންގޫރުމާގެ ހުސައިން ރިޔާޟް އާއި ދަފްތަރު ނަމްބަރު 676 އިބްރާހިމް ޝަރާޙާއި ނ.މާފަރު ފަސްމީރު އަޙްމަދު ޙާޝިމެވެ.

އަދާލަތު ޕާޓީން ވިދާޅުވީ އެޕާޓީގެ ޝަޚްސަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަން ނިގުޅައިގަނެ ޤާނޫނުލް އުޤޫބާތުގެ 312 ވަނަ މާއްދާގެ (ހ)(1)(3) އަދި 312 ވަނަ މާއްދާގެ (ހ)(2)(1) އިން ބަޔާންކުރާ ކުށަށް އެ ފަރާތްތަކުން އަރައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެފަރާތްތަކާމެދު ޖިނާޢީ ތަޙްޤީގެއް ކޮށްދެއްވުމަށް އަދާލަތު ޕާޓީން ވަނީ ފުލުހުންގެ އޮފީހުގައި އެދިވަޑައިގެންފައެވެ.