ރީ-ރަޖިސްޓްރޭޝަނަށް އެޕްލައި ކުރި ފޯމްތަކުން 5576 ފޯމް ރިޖެކްޓް ކުރި ކަމަށް އިލެކްޝަނުން ބުނެފި ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ޝިފާޒް ވިދާޅުވެފައިވަނީ ރީ-ރަޖިސްޓްރޭޝަނަށް އެޕްލައި ކުރި ފޯމްތަކުން 5576 ފޯމް ރިޖެކްޓް ކުރި ކަމަށް އިލެކްޝަނުން ބުނެފި ކަމަށެވެ. އެއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފިންގަރޕްރިންޓް ވެރިފިކޭޝަންގެ ކަމެއް ނަމަ އެއީ ފުލުހުންނާއި ބެހޭ ކަމެއް ނޫންކަމަށް ދަންނަވާ ކަމަށް ޝިފާޒް ވަނީ ވިދާޅުވެފައެވެ. ފުލުހުންނާއި މަތިކޮށްފަ އެއްވެސް މީހެއް ވޯޓުގެ ހައްގުން މަހްރޫމެއް ނުކުރެވޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
Re-Registration apply kuri form thakun 5576 reject kurikamah @ElectionsMv bunefi. Miee @PoliceMv ge fingerprint verification ge kameh nama adhives dhannanvan, Miee Fulunnaa behey kameh noon. Fuluhunnaa mathikoffa evves meeheh vote ge haggun mahuroomeh nukureveyne.#Election2018
— Mohamed Shifaz🎈 (@mdpshippe) August 23, 2018
ޝިފާޒް ވިދާޅުވީ" ރީ-ރަޖިސްޓްރޭޝަނަށް އަޕްލައި ކުރި ފޯމްތަކުން 5576 ފޯމް ރިޖެކްޓް ކުރި ކަމަށް އިލެކްޝަނުން ބުނެފި. މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފިންގަރޕްރިންޓް ވެރިފިކޭޝަންގެ ކަމެއް ނަމަ އަދިވެސް ދަންނަވަން، މިއީ ފުލުހުންނާއި ބެހޭ ކަމެއް ނޫން. ފުލުހުންނާއި މަތިކޮށްފަ އެއްވެސް މީހެއް ވޯޓުގެ ހައްގުން މަހްރޫމެއް ނުކުރެވޭނެ" މިހެންނެވެ.