Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ރަނިންމޭޓެއް ނުހުންނާނެ: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ރަނިންމޭޓެއް ނުހުންނާނެ ކަމަށާއި ހުންނާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރަނިންމޭޓެއް ހުންނާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނުގެ ކަމަށް މިއަދު ކުރެއްވި ޓްވީޓެއްގައި މާރިޔާ ވަނީ ވިދާޅުވެފައެވެ.

ޑރ ޝަހީމް ރަށްރަށަށް ވަޑައިގަންނަވާއިރު ރައީސުލްޖުމްހޫރިއްޔާގެ ރަނިންމޭޓް ވަޑައިގަންނަވާ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާ ކަމަށް އެ ޓްވީޓްގައި މާރިޔާ ވަނީ ވިދާޅުވެފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ރަނިންމޭޓެއް ނުހުންނާނެ. ހުންނާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު. ރަނިންމޭޓެއް ހުންނާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނުގެ. ޑރ ޝަހީމް ރަށްރަށަށް ވަޑައިގަންނަވާއިރު ރައީސުލްޖުމްހޫރިއްޔާގެ ރަނިންމޭޓް ވަޑައިގަންނަވާ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާ" މާރިޔާ ވިދާޅުވިއެވެ.