Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

އީސީގެ ރައީސް ޝަރީފް ސުވަރުގެ ދާން ބޭނުންވާހެން ހިޔެއްނުވޭ: މަލީހު

އީސީގެ ރައީސް ޝަރީފް ސުވަރުގެ ދާން ބޭނުންވާހެން ހީނުވާ ކަމަށާއި އެހެން ނޫންނަމަ ވޯޓު ގަޑުބަޑުކޮށް ރައްޔިތުންގެ އެތައް ބަޔަކަށް ވޯޓު ނުލެވޭ ގޮތް ހަދަން އެހާ ފާޅުކަންބޮޑު ގޮތެއްގައި އަމަލު ނުކުރާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

" އީސީގެ ރައީސް ޝަރީފް ހިޔެއްނުވޭ ސުވަރުގެ ދާން ބޭނުންވާހެން. އެހެން ނޫންނަމަ ވޯޓު ގަޑުބަޑުކޮށް ރައްޔިތުންގެ އެތައް ބަޔަކަށް ވޯޓު ނުލެވޭ ގޮތް ހަދަން އެހާ ފާޅުކަންބޮޑު ގޮތެއްގައި އަމަލު ނުކުރާނެ. ކޮބާ އީސީގެ ރައީސްގެ ޒިންމާ؟ އީސީ ބަދަލުނުކޮށް ވޯޓުލާން ހެޔޮނުވާނެ" މަލީހު ވިދާޅުވިއެވެ.

މަލީހު ވަނީ އީސީގެ ރައީސްގެ ޒިންމާ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި އީސީ ބަދަލުނުކޮށް ވޯޓުލާން ހެޔޮނުވާނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.