Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ސިނާޢީ ސަރަޙައްދުގައި 20 ބުރީގެ ޕާކިން ސިސްޓަމެއް ހަދަނީ

މާލޭ އިންޑަސްޓްރިއަލް ވިލެޖް - ފޮޓޯ: ގޫގުލް

މާލޭ ސިނާޢީ ސަރަޙައްދުގައި 20 ބުރީގެ ޕާރކިން ސިސްޓަމެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ މާލެތެރެ ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުމަށް މާލޭ ސިނާޢީ ސަރަހައްދުގައި 20 ބުރީގެ ސަރުކާރުން ޕާކިންގ ސިސްޓަމްތަކެއް ޤާއިމު ކުރަން ފަށާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޕާކިން ސިސްޓަމްތައް ހެދުމަށް ހަވާލުކުރި ކުންފުނިން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެން އެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑު ޖެހުމެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުން އެކަން ކުރުމުގައި ކަންތައްކަތެއް ފުރިހަމަ ނުވެގެން ދިމާވާ މައްސަލައެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މާލޭގައި ހަދާ 3000 އަކަފޫޓަށް ވުރެ ބޮޑު ހުރިހާ އިމާރާތެއްގެ ދެ ފްލޯ ޕާކިންއަށް ހެދުމަށް މަޖުބޫރުވާ ކަމަށާއި އެއަށް ވުރެ ކުދި އިމާރާތްތަކުގައި ވެސް ޕާކިންއަށް ޖާގަ ދޭން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް އެކި ސަރަޙައްދުތަކުގައި އިލެކްޓްރޯނިކް ޕާކިންގ ސިސްޓަމްތައް ސަރުކާރުން ދަނީ ބަހައްޓަމުންނެވެ. އެގޮތުން ވޭލާނާގެ ކައިރިއާއި މަޖީދީ މަގުގައި މިހާރުވެސް ޕާކިންގ ސިސްޓަމްތައް ހަރުކޮށް ދަނީ ބޭނުންކުރަމުންނެވެ.