Last Updated: April 26, 17:40
Friday, April 26, 2024
މުނިފޫހިފިލުވުން

"ޒީރޯ"ގެ ޓްރެއިލާ ޝާހްރުކްގެ އުފަން ދުވަހު

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ކަމަށްވާ ޝާހް ރުކް ޚާންގެ "ޒީރޯ" އަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.

ޝާހްގެ "ޑްވާފް" ލުކް ފެނިގެންދާ މި ފިލްމްގެ ޓީޒާ ޓްރެއިލާއެއް މިދިޔަ ޖޫން މަހު ރިލީޒްކޮށްފައިވާއިރު، އެ ޓީޒާ އިން ކެޓްރީނާ ލުކް ވެސް ވަނީ ފެނިގެންގޮސްފަ އެވެ. އެ ޓްރެއިލާއަށް ފަހު ފޭނުންގެ މެދުގައި ފިލްމްގެ މަޤްބޫލްކަން ވަނީ އިތުރުވެފަ އެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށްވާއިރު، ފިލްމްގެ ރަސްމީ ޓްރެއިލާ އާންމުންނަށް ދައްކާލާނީ ޝާހްގެ އުފަން ދުވަހު އެވެ. އެއީ އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޓަވިއުއެއްގައި "ޒީރޯ"ގެ ޓްރެއިލާ ފެނިގެންދާނެ ދުވަހަކާމެދު އާނަންދް އެލް ރާއި އާއި ސުވާލުކުރުމުން އޭނާ ބުނީ، ފިލްމްގެ ޝޫޓިން މުޅިން ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށެވެ. ޓްރެއިލާއާއި ބެހޭގޮތުން އާނަންދް ބުނީ ފޭނުންނާއި ހަމައަށް ޓްރެއިލާ އަންނާނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. އެއީ ޝާހްގެ އުފަންދުވަހެވެ.

މި ފިލްމްގައި ޝާހްގެ އިތުރުން ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ ވެސް ވަރަށް މުހިންމު ރޯލްތަކުން ފެނިގެންދާނެ އެވެ. މީގެ އިތުރުން މި ފިލްމްގައި ބޮލީވުޑްގެ ގިނަ ތަރިން ޚާއްސަ ފެނިލުމަކުން ވެސް ފެނިގެންދާނެ އެވެ. އެގޮތުން ފޭނުން އެންމެ ބޮޑަށް އިންތިޒާރު ކުރަމުންދަނީ ދާދިފަހުން ނިޔާވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ކެމިއޯ އަށެވެ. ސްރީދޭވީގެ އިތުރުން ސަލްމާން ޚާންވެސް މި ފިލްމްގެ ކެމިއޯ އަކުން ފެނިގެންދާނެ އެވެ.