Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިބޫގެ މަންމަގެ ވޯޓުވެސް މިއޮތީ ވަގަށް ނަގާފަ: މަހްލޫފް

ފޮޓޯ: އަވަސް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫގެ) މަންމާފުޅު ވޯޓު ރަޖިސްޓްރީ ވެފައިވާތަން އަންގައިދޭ މެސެޖް ޓްވިޓާގައި ހިއްސާ ކުރުމަށްފަހު އެ ކަމަނާގެ ވޯޓުވެސް އެ އޮތީ ވަގަށް ނަގާފަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ގިނަ ޓްވީޓް ހަމަލާތަކެއް ރައީސް ޔާމީނަށް އަމާޒު ކުރައްވަމުން ގެންދަވާ މަހްލޫފް މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ކިތަންމެ ވަރަކަށް އޮޅުވާލާ ޖެއްސުން ކުރިޔަސް ﷲގެ އިރާދަފުޅާއެކު ބޮޑުކޮށް ބަލިކުރާނެ ކަމަށްދަނީ ތަކުރާރުކޮށް ދަންނަވަމުން ކަމަށެވެ.

" އޮނަރަބްލް އިބޫ ސޯލިހްގެ މަންމަގެ ވޯޓުވެސް މިއޮތީ ވަގަށް ނަގާފަ. ތަކުރާރުކޮށް މިދަންނަވަނީ، ކިތަންމެ ވަރަކަށް އޮޅުވާލާ އަދި ޖެއްސުން ކުރިޔަސް ﷲގެ އިރާދަފުޅާއެކު ބޮޑުކޮށް ބަލިކުރާނަން. އަދި ގަޑުބަޑުކޮށް ގަދަބާރުން ވެރިކަމުގަ ނުވެސް ހުރެވޭނެ. ވަގުތު އޮއްވާ ފިލުން ނޫން ގޮތެއް ނެތް" މަހްލޫފް ވިދާޅުވިއެވެ.

ގަޑުބަޑުކޮށް ގަދަބާރުން ވެރިކަމުގަ ނުހުރެވޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ވަގުތު އޮއްވާ ފިލުން ނޫން ގޮތެއް ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.