ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް އިލެކްޓް ކުރުން ވާނީ ދިވެހިން އަމިއްލައަށް ދަންޖެހުން ފަދަ ކަމަކަށް ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އިތުރަށް ނިޔާޒް ވިދާޅުވީ ޖުޑިޝަރީއާއި މަޖިލީހާއި މުއައްސަސާތައް އިތުރަށް އަޅުވެތިކޮށް، ލިބިފައިވާ ހައްޤުތައް އިތުރަށް ނިގުޅައިގަނެ، އަޅުވެތިކޮށް، އަޅާ ކޮންމެ 25 ބުރީގެ ޓަވަރަކުން ބިލިއަން އަމިއްލަ ޖީބަށް ލާނެކަން ކަށަވަރު ކަމަށެވެ.
YAQ RJge maqaamah 2vana dhaurakah electkurun vaanee dhivehin amillayah dhanjehun fadha kamakah. judiciary aa majilihaa muassaa thah ithurah alhuvethikoh, libifaivaa haqquthah ithurah nigulhaigane alhuvethikoh, alhaa konme 25 bureege tawarakun bln amilla jeebah laanekan kashavaru.
— Niyaz Ibrahim (@niyaz_ibrahim) August 23, 2018
"ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް އިލެކްޓް ކުރުން ވާނީ ދިވެހިން އަމިއްލައަށް ދަންޖެހުން ފަދަ ކަމަކަށް. ޖުޑިޝަރީއާއި މަޖިލީހާއި މުއައްސަސާތައް އިތުރަށް އަޅުވެތިކޮށް، ލިބިފައިވާ ހައްޤުތައް އިތުރަށް ނިގުޅައިގަނެ، އަޅުވެތިކޮށް، އަޅާ ކޮންމެ 25 ބުރީގެ ޓަވަރަކުން ބިލިއަން އަމިއްލަ ޖީބަށް ލާނެކަން ކަށަވަރު" ނިޔާޒް ވިދާޅުވިއެވެ.
މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވެސް ނިޔާޒް ވަނީ އެންމެން އެއްބައިވެ ޔާމީންގެ އަނިޔާވެރި ޚިޔާނާތްތެރި ވެރިކަން ނިންމަން އަޒުމް ކަނޑައެޅުމަށް ގޮވާލާފައެވެ.