އިދިކޮޅަށް 18 އަހަރު ބޭނުންވާ މަޝްރޫއުތައް ފަސް އަހަރުން ފުއްދައިދެވިއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރަކަށް އިޝާރާތް ކުރައްވާ، ބަޔަކަށް 1000 އަހަރުން ވެސް ނުކުރެވޭނެ ވައްކަން 5 އަހަރުތެރޭ ކޮށްލައިފި ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެވަރަށް ލޯނު ނަގާ ގައުމު ދަރުވައިގެން، އިޚުލާސްތެރި ވެރިއަކަށް އޭގެ ދިހަގުނަޔަށް ތަރައްގީ ގެނެވުނީސް ކަމުގައި ރޮޒޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Bayakah 1000 aharun ves nukureveyne vakkan 5 aharutherey kollaifi! Dhen aiy jahamaa! 👏👏👏
Thivarah loanu nagaa qaumu dharuvaigen, ihulaastheri veri akah theege 10 gunayah tharaqqee genevunees!
Thee rayyithunnah 1 rufiyaa jeebah 10 rufiyaa! #Vaguouthttps://t.co/K4CbfqcpFf pic.twitter.com/eNMBjmTxrc— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) August 24, 2018
"ބަޔަކަށް 1000 އަހަރުން ވެސް ނުކުރެވޭނެ ވައްކަން 5 އަހަރުތެރޭ ކޮށްލައިފި! ދެން އަތްޖަހަމާ! ތިވަރަށް ލޯނު ނަގާ ގައުމު ދަރުވައިގެން، އިޚުލާސްތެރި ވެރިއަކަށް ތީގެ ދިހަގުނަޔަށް ތަރައްގީ ގެނެވުނީސް! ތީ ރައްޔިތުންނަށް 1 ރުފިޔާ ޖީބަށް 10 ރުފިޔާ!" ރޮޒޭ ވިދާޅުވިއެވެ.
މި ފަސް އަހަރު ތެރޭގައި 51 ރިސޯޓް ނިމޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ވާހަކައަކަށް އިޝާރާތް ކުރައްވާ ރޮޒޭ ކުރެއްވި ޓްވީޓެއްގައި ބީތާ ވިޔަސް މީ ބޮޑުވަރު ކަމުގައި ވިދާޅުވެފައިވެއެވެ.
Mee konthaaku huri resort thakehge vaahaka baa meena midhakkany?
Addu Meedhoo aa jehigen oiy Ismehela Hera ves mihaaru 3 burah hulhuvaifi!
Huriha resort ehge hissaa dhee nimijje!
Addu ga ves 5000 tourist bed ebahuri!
Beethaaviyas mee bodu varu!#VaguOut https://t.co/mfZqMTd70R— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) August 24, 2018