Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ލައިބީރިއާގެ އެންމެ މަތީ ދަރަޖަ ވެންގާއަށް އަރުވައިފި

ލައިބީރިއާގައި ދޭ އެންމެ ޝަރަފުވެރި ދަރަޖަ އާސެނަލްގެ ކުރީގެ ކޯޗު، އާސެން ވެންގާއަށް އެގައުމުގެ ރައީސް، އަދި ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔާ، ޖޯޖް ވިއާ އަރުވައިފިއެވެ.

ލައިބީރިއާގެ އޯޑާ އޮފް ޑިސްޓިކްންޝަންގެ ދަރަޖަ ވެންގާއަށް އަރުވަމުން، ރައީސް ވިއާ ބުނެފައިވަނީ އޭނާގެ ކެރިއަރުގައި އެންމެ މުހިންމު ރޯލު ކުޅުނު އެއް ކޯޗަކީ ވެންގާ ކަމަށެވެ.

ވެންގާ އަކީ މޮޅު ކޯޗެއް ނަމަވެސް ލައިބީރިއާގެ އެންމެ މަތީ ދަރަޖަ އޭނާއަށް ހައްގުވީ ކޮން ގޮތަކުންތޯ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި މި ދަރަޖަ ލިބެން، ވެންގާ ލައިބީރިއާއަށް ކުރީ ކޮން ކަމެއްތޯ ވެސް ބައެއް މީހުން އަންނަނީ ސުވާލު އުފައްދައި، ފާޑުކިޔަމުންނެވެ.

ލައިބީރިއާގެ އިންފޮމޭޝަން މިނިސްޓަރު މިވާހަކަތަކަށް ރައްދު ދެއްވަމުން ބުނެފައިވަނީ ވެންގާއަށް މިދަރަޖަ އަރުވާފައިވަނީ އެފްރިކާ ސަރަހައްދުގެ ފުޓުބޯޅަ ކުރިއެރުވުމަށް އޭނާ ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކަމަށެވެ.