Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

"ވޯޓަށް ފަހު ޔާމީން ހުންނާނީ ރާއްޖޭގަތޯ؟"

23 ސެޕްޓެމްބަރުގެ ފަހުން ހުންނަވާނީ ރާއްޖޭގަތޯ ނޫނީ ނޫންތޯ ތަކުރާރުކޮށް ޔާމިން އަށް ކޮށްލަން ބޭނުންވާ ސުވާލެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވަނީ ޝަހީމް ލ.އަތޮޅަށް ވަޑައިގަތުމުން ކޯލިޝަންގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި ކަމަށް ވިދާޅުވެފައެެވެ.

"ޝަހީމް ލ.އަތޮޅަށް ވަޑައިގަތުމުން ކޯލިޝަންގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި. އަޅުގަނޑު ތަކުރާރުކޮށް ޔާމީން އަށް ކޮށްލަން ބޭނުންވާ ސުވާލަކީ 23 ސެޕްޓެމްބަރުގެ ފަހުން ހުންނަވާނީ ރާއްޖޭގަތޯ ނޫނީ ނޫންތޯ. ވޯޓުގެ ކުރިން މިކަމަށް ސާފު ޖަވާބެއް ދެއްވުން އެދެން" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވަނީ ޔާމީން 23 ސެޕްޓެމްބަރުގެ ފަހުން ހުންނަވާނީ ރާއްޖޭގަތޯ ނޫނީ ނޫންތޯ ސުވާލު ކުރައްވާ ވޯޓުގެ ކުރިން މިކަމަށް ސާފު ޖަވާބެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.