Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ކެމްޕެއިނަށް ރައީސް ޔާމީން ފ. އަތޮޅަށް ވަޑައިގެންފި

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ފ. އަތޮޅަށް ވަޑައިގެންފި އެވެ.

މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން އެމަނިކުފާނު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ފ. ފީއަލީ އަށެވެ. އެއަށްފަހު ރައީސް ޔާމީން ވަނީ ފ. ބިލެތްދޫއަށް ވެސް ވަޑައިގެންފަ އެވެ.

މި ދެ ރަށަށް ވަޑައިގެން ރައީސް ޔާމީން ވަނީ އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފަ އެވެ.

ދާދިފަހުން ރައީސް ޔާމީން ވަނީ ރަސްމީ ދަތުރުފުޅުތަކުގައި ގިނަ އަތޮޅުތަކަކަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުތަކުގައި އެމަނިކުފާނު ވަނީ އެރަށްރަށުގައި ސަރުކާރުން ހިންގި ގިނަ މަޝްރޫއުތަކެއްގެ ނިމުން އިފްތިތާޙްކޮށްދެއްވާފަ އެވެ.