ހދ. ކުޅުދުއްފުށިން މިދިޔަ ހަފްތާގައި، އެމްޑީޕީއަށް ސިހުރު ހައިގެން ވެރިކަން ހޯދަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު މިނިވަން ކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ކައުންސިލްގެ ޒިންމާދާރުވެރިޔާއާއި ސީނިއާ އެޑްމިން އޮފިސަރުގެ އިތުރުން އާންމު ދެމީހުން ފުލުހުން ހައްޔަރުކުރިއިރު މިނިވަން ކޮށްފައިވަނީ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާއިލް އިބްރާހީމާއި އުމުރުން ދުވަސްވީ އާންމު ރައްޔިތުމީހާއެވެ.
ނަމަވެސް ދެމީހުން މިނިވަން ކުރީ ކީއްވެގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިމައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކުރުމަށް ފުލުހުން ދެކޮޅު ހަދާއިރު ހަތަރު މީހުންވެސް ހައްޔަރުކުރީ ސިހުރުގެ ޒަރިއްޔާއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދޭން އުޅުނު ކަމުގެ ތުހުމަތުގައެވެ.