ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ށ.އަތޮޅުގެ ރަށްތަކަށް ފުރާ ވަޑައިގެންފި އެވެ.
މި ދަތުރުގައި 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން އާދިއްތަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ ކަނޑިތީމަށާއި ގޮއިދޫ އަށާއި ނޫމަރާއަށާއި ބިލެތްފަހީގެ އިތުރުން ނިލަދޫއަށެވެ. އަދި ނިލަންދޫގައި ކެމްޕެއިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ ނަރުދޫ އަށާއި ފީވަކާއި ފޯކައިދޫ އާއި މާ އުނގޫދޫ އަށާއި ފުނަދޫގެ އިތުރުން ކޮމަންޑޫ އަށެވެ.
ކޮންމެ ރަށަކަށް ވަޑައިގެން ވެސް އެރަށެއްގައި ތިބި ސަޕޯޓަރުންނާއި ފައިސަލް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް އާންމުންގެ ގެތަކަށްވަޑައިގެން އެމީހުން ހާލު ބައްލަވާނެއެވެ.
ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް މިހާތަނަށް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެންފައެވެ.
ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް ގިނަ ރައްޔިތުން ތަކެއް ދަނީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އަދި ރަނިންމޭޓަށް މަރުޙަބާ ވިދާޅުވަމުންނެވެ.