Last Updated: June 11, 09:26
Thursday, June 11, 2026
ޚަބަރު

މާރާމާރީއެއް ހިންގައި ބަޔަކު ޒަޚަމްކޮށްލައިފި

ލ. ގަން ރީޖަނަލް ހޮސްޕިޓަލް

ލ. ގަމުގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި ތިން މީހެއްގެ ގަޔަށް ތޫނު އެއްޗެހިން ހަމަލާދީ، ޒަޚަމް ކޮށްލައިފިއެވެ.

މިމާރާމާރީ ހިންގާފައިވަނީ ރޭ ދަންވަރު 3:15 އެހާކަށްހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ތޫނު އެއްޗަކުން ހަމަލާދީގެން ތިން މީހަކު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި އަނެއް ދެމީހުން ސްޓޭބަލް ކަމަށް ހޮސްޕިޓަލާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވެއެވެ.

ރޭ މާލޭގައި ވެސް ގްރޫޕް މާރާމާރީއެއް ހިންގައި ބަޔަކު ވަނީ ޒަޚަމް ކޮށްލާފައެވެ.