Last Updated: June 11, 09:26
Thursday, June 11, 2026
ޚަބަރު

ވެރިކަމުން ނުބޭލުނީ ރައްޔިތުންގެ ދުއާ ލިބޭތީ: ޔާމީން

ރައީސް ޔާމީން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލާއެކު ނިލްނަދޫގައި: ފޮޓޯ - ރައީސް އޮފީސް

ދައުރު ނުނިމެނީސް ވެރިކަމުން ބާލުމަށް ވަރަށް ގިނަ ބަޔަކު އެކި ފަހަރު މަތިން މަސައްކަތް ކޮށްފި ކަމަށާއި، އެކަން ކާމިޔާބުނުވީ ރައްޔިތުންގެ ހެޔޮ ދުއާ ލިބެމުންދާތީ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކެމްޕޭނަށް ރައީސް ޔާމީން ފ. އަތޮޅަށް ވަޑައިގެން، އެރަށު ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ކުރައްވަމުންދާ އިޚުލާސްތެރި މަސައްކަތުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ހެޔޮ ދުއާ ލިބެމުން އަންނަ ކަމަށެވެ.

އަދި އަނިޔާވެރިން އެފަދަ ކަންތައް ކިތަންމެ ވަރަކަށް ތަދުބީރު ކުރިޔަސް، ﷲ ތަޢާލާގެ ތަގުދީރުގައި ހުންނަ ކަންތައް މާ މަތިވެރި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެސް، ރައީސް ޔާމީން ހައްޔަރުކުރާނެ ހަކަތައެއް ހުރިނަމަ އެކަން ކޮށްގެން ވެސް އެމަނިކުފާނު ހައްޔަރުކުރީސް ކަމަށާއި، ހައްޔަރު ނުކުރެވުނީ ރައީސް ޔާމީންގެ މައްސަލައެއް ނުދެއްކޭނެތީ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.