Last Updated: June 24, 03:22
Wednesday, June 24, 2026
ޚަބަރު

އިންތިޚާބާ ބެހޭ މައުލޫމާތު ސަފީރުންނަށް ދީފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ބެހޭ މަޢުލޫމާތު ފޮރިން މިނިސްޓްރީން އެހެން ޤައުމްތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިއްބެވި ސަފީރުންނާ ހިއްސާ ކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އިންތިޚާބާއި ބެހޭ މަޢުލޫމާތު ސަފީރުންނަށް ދެއްވީ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އިންތިޚާބާއި ބެހޭ އާންމު މަޢުލޫމާތާއި، ރަޖިސްޓްރީ ކުރުމާއި ކެމްޕެއިން ކުރުމާއި ބެހޭގޮތުން ސަފީރުންނަށް މަޢުލޫމާތު ދެއްވާފައެވެ.

އެ ބައްދަލުވުމުގައި ހަތް ޤައުމެއްގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ އާއި ޗައިނާގެ ސަފީރު ޒަންގް ލިޒޯންގް ހިމެނިވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުމުގައި ފޮރިން ސެކެޓަރީ އަހުމަދު ސަރީރާއި ފޮރިން މިނިސްޓްރީގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިސްޓަރު އާސިމް މިއަދު ސަފީރުންނާ ބައްދލުކުރެއްވިއިރު، އިލެކްޝަންސް ކޮމިޝަނަށް މި ސަރުކާރުން ނުފޫޒް ފޯރުވާ ކަމަށާއި، އޭގެ ސަބަބުން އިންތިޚާބުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.