Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ކެމްޕެއިނަށް އިބޫ ލަންކާ އަށް ވަޑައިގެންފި

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު ސްރީލަންކާ އަށް ފުރާވަޑައިގެންފިއެވެ.

އިބޫގެ މި ދަތުރުފުޅުގައި ލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގައި އިބޫ އަރިހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނަވާނެ އެވެ.

މާދަމާ ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް ލަންކާގެ ބަރްޖާޔާ ހޮޓެލްގައި ބާއްވާ މި ބައްދަލުވުން ވެގެންދާނީ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތަކުން އިބޫ ރައީސް ނަޝީދާއެކު ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށެވެ.

މި ދަތުރުފުޅަށްފަހު އިބޫ އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންގާރަ ދުވަހުއެވެ.

އިބޫގެ ރަނިން މޭޓް ކަމަށްވާ ފައިސަލް ނަސީމް މިހާރުވެސް ގެންދަވަނީ ށ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.