Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޓެކްހާ އެކު އާމްދަނީ އިތުރުކޮށް ދިނީ ނަޝީދު: މަހްލޫފް

ފޮޓޯ:ރާއްޖެ.އެމްވީ

ޓެކްސް ތައާރަފް ކޮށްދެއްވާ ދައުލަތުގެ އާމްދަނީ 6 ބިިލިއަނުން 19 ބިލިއަނަށް ރައީސް މުހައްމަދު ނަޝީދު އިތުރު ކޮށްދެއްވާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓްގައި މަހްލޫފް ވިދާޅުވީ ތަރައްޤީއަށް ޚަރަދުކުރާ ފައިސާ އިތުރުވެގެން އެވާހަކަ ދައްކާނަމަ ހުރިހާ ޝުކުރެއް ހައްގުވަނީ ރައީސް މުޙައްމަދު ނަޝީދުއާއި އެމްޑީޕީއަށް ކަމަށެވެ.

"ތަރައްޤީއަށް ޚަރަދުކުރާ ފައިސާ އިތުރުވެގެން އެވާހަކަ ދައްކާނަމަ ހުރިހާ ޝުކުރެއް ހައްގުވަނީ ރައީސް މުޙައްމަދު ނަޝީދުއާއި އެމްޑީޕީއަށް. ޓެކްސް ތައާރަފް ކޮށްދެއްވާ ދައުލަތުގެ އާމްދަނީ 6 ބިިލިއަނުން 19 ބިލިއަނަށް ވަނީ އިތުރުކޮށްދެއްވާފަ. މަޖިލީހުގަ އޭރު ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ލީޑަރ ޔާމީން." މަހްލޫފް ވިދާޅުވިއެވެ.

މި ޓްވީޓްގައި މަހްލޫފްވަނީ ދައުލަތުގެ އާމްދަނީ ބޮޑު އަދަދަކުން ރައީސް ނަޝީދު އިތުރުކޮށްދެއްވި އިރު، މަޖިލީހުގައި ދެކޮޅު ހެއްދެވީ ޔާމީން ކަމަށް ވިދާޅުވެފައެވެ.