Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އެކްސިޑެންޓެއްގައި ދެ މީހެއްގެ ފައި ބިނދިއްޖެ

މަރަދޫގައި މިއަދު ހެނދުނު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހެއްގެ ފައި ދެ ތަނަކުން ބިނދިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ މަރަދޫ އާއި މަރަދޫފޭދޫ ގުޅޭ ހިސާބު ލިންކު ރޯޑުންނެވެ. މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓުވީ މަރަދޫ ކިއުކޯނާ ރެސްޓޯރެންޓު ހުންނަ ގޯޅިން ލިންކު ރޯޑަށް ނިކުތް ސައިކަލެއް ލިންކު ރޯޑުން ހިތަދޫއާއި ވީކޮޅަށް ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ މަރަދޫފޭދޫގެ ތިން ޒުވާނަކަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއަރ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ އެކްސިޑެންޓުވެގެން ތިން މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން ދެމީހެއްގެ ފައި ބިންދައިގެން ގޮސްފައިވާ އިރު އެކެއްގެ ފައިގެ ދެ ތަނަކުން ބިނދި ފައިވާ ކަމަށެވެ. އަދި ތިންވަނަ ޒުވާނާގެ ހަށިގަނޑު ބައެއް ތަންތަން މަށައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މި އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.