Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ގުޅިގެން މަސައްކަތް ނުކުރެވޭނެކަމަށް ބުނުމަކީ ލަދުވެތިކަމެއް: ފައިސަލް

އިއްތިހާދުގެ ރަނިން މޭޓަށް ށ. ފީވަކު ރައްޔިތުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމަށާއި ގުޅިގެން ކާމިޔާބު ނުހޯދޭނެކަމަށް ބުނެ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއްކަމަށް އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓް، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ފީވަކުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ފައިސަލް ވަނީ ރައީސް ޔާމީން ރ. ހުޅުދުއްފާރުގެ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން އިދިކޮޅު ފަރާތްތަކަށް އެކުގައި މަސައްކަތް ނުކުރެވޭނެކަމަށާއި ކަންކަމުގައި އެއްބަސްވުމަކަށް ނާދެވޭކަމަށް ވިދާޅުވުމުން، އެ ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވަނީ އިދިކޮޅު ކޯލިޝަނަކީ "ކޮކްޓެއިލް ކޯލިޝަނެއް"ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސްގެ މި ވާހަކަފުޅަށް ރައްދުދެއްވަމުން ފައިސަލް ވިދާޅުވީ އިސްލާމްދީން އަންގަވާފައިވަނީ އަދި އިސްލާމްދީން އިރުޝާދު ދެއްވަނީވެސް ރަނގަޅު ކަންކަމުގައި ބައިބައި ނުވެ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

އަދި ފައިސަލް ވިދާޅުވީ ގުޅިގެން މަސައްކަތް ނުކުރެވޭނެކަމަށް ބުނެ ދައްކާ ވާހަކަ ތަކަކީ ލަދުވެތި ވާހަކަ ތަކެއް ކަމަށާއި ރައްޔިތުން އެފަދަ ވާހަކަތައް އަޑު ނޭހުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.