Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަދާލަތު ޕާޓީގެ އައްޑޫ ސިޓީ ހާއްސަ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިޚް އިލްޔާސް ހުސައިން ބައިވެރިވެވަޑައިގަންނަވާ ޖަޒީރާ ރާއްޖެ އައްޑޫ ސިޓީ ޚާއްސަ ޖަލްސާ 1 ސެޕްޓެމްބަރު 2018 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.

މި ޖަލްސާގައި ރައްޔިތުންނަށް ބޭނުންވާފަދަ ވަރަށް ގިނަ ވާހަކަތަކެއް ޝެއިޚް އިލްޔާސްގެ ފަރާތުން އަޑުއިވިގެން ދާނެ ކަމަށް ބެލެވެއެވެ.

މި ޖަލްސާ ބޭއްވުމަަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ހިތަދޫ ބޯޅަ ދަނޑުގައި ކަމަށް އަދާލަތު ޕާޓީއިން މައުލޫމާތު ދެއެވެ.

ޝެއިޅް އިލްޔާސް އަކީ ރައީސް ޔާމީންގެ ސަރުކާރުން ކުރައްވާ އެކިއެކި ކަންކަމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑު ވިދާޅުވާ ބޭފުޅެކެވެ. ރަނގަޅު ކަންތަކަށް ކެނޑިނޭޅި ރައްޔިތުންނަށް ނަސޭޙަތްތެރިވާ ޝެއިޚް އަކީ ނޭއްގާނީ އެއްވެސް އަމަލެއް ތަހަމަލް ނުކުރައްވާނެ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

ދާދި ފަހުން ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވަނީ ގޯސް ކަންތައްތަކަށް ގޯސް ކަމެކޭ، އަނިޔާވެރިކަމަށް އަނިޔާވެރިކަމެކޭ، ނާއިންސާފަށް ނާއިންސާފޭ، ޚިޔާނާތްތެރިކަމަށް ޚިޔާނާތެކޭ ބުނުމުގެ ބަދަލުގައި އިލްމުވެރިން ވިދާޅުވާންވީ އެއީ ވެސް ތަރައްޤީއޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.