Last Updated: June 11, 09:32
Thursday, June 11, 2026
ޚަބަރު

ޖަމީލް ސިޔާމަށް: ސަލާމަތުގެ އައްސޭރިއަށް ވަޑައިގަންނަވާ

ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރ، އަހުމަދު ސިޔާމް މުހައްމަދު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް މިސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ގޮވާލައިފިއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދިވެސް ވަގުތު ފާއިތު ނުވާ ކަމަށާއި ރައީސް ޔާމީން ދައްކަވާ ބިރަކަށް ފަހަތަށް ޖެހިވަޑައިނުގަނެ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށެވެ. އަދި އީޔޫ ކައުންސިލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ ދެފުށް ފެންނަ މިނިވަން އިންތިޚާބެއް ބޭއްވުމަށް ކަމަށާއި އިދިކޮޅާއި ގުޅުމުން ވިޔަފާރިއަށް ބުރުލެއް ނާރާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ޖަމީލްގެ ދައުވަތު ވަނީ ފަރުމާ ކޮށްފައެވެ.

ސަން ޓްރެވެލްސްގެ ޗެއާމަން، އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމަކީ އީޔޫއިން ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ސޯޝަލް މީޑިޔާގައި ވަނީ އަޑު ފެތުރިފައެވެ.

ޑރ. ޖަމީލް ސިޔާމަށް އިދިކޮޅާއި ގުޅުމަށް ދައުވަތު އަރުވާފައިވަނީ މިއަދު އެމްޑީއޭ އިން ކޯލިޝަނާ މެދު ގޮތެއް ނިންމުމަށް ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވަނިކޮށެވެ.