Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފަޒުލްއަށް އާޔަތުލް ކުރުސި ހަނދާން ނެތުމުން ފާޑުކިޔުން އަމާޒުވެއްޖެ

ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާއެއްގައި އިދިކޮޅަށް ނިސްބަތްކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަން އެބޭފުޅުންނަށް ޔަޤީން ނުކުރެވުނީ ކަމަށް ވިދާޅުވެ އެމްޑަބްލިޔޫއެސްސީގެ އިބްރާހިމް ފަޒުލު ކުރުސި ކިޔުއްވަން އެތައް ފަހަރު މަސައްކަތް ކުރެއްވުމަށް ފަހު ހަނދުމަފުޅު ނެތުނީ ކަމަށް އަމިއްލައަށް އިއުތިރާފްވެ ހުއްޓަވާލައްވައިފިއެވެ.

ފަޒުލަށް އާޔަތުލް ކުރުސި ހަނދުމަފުޅު ނެތުމުން، ކުރިސް އިތުރަށް ކުރިއަށް ނުގެންދެވުމަށް އެ ވަގުތު ޖަލްސާގައި އިންނެވި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު އަތުން އިޝާރަތް ކުރައްވަމުން ގެންދެވި މަންޒަރު އެވަގުތު ފެނިގެން ދިޔައެވެ.

ޕީޕީއެމްގެ ގިނަ ބޭފުޅުން ގެންދަވަނީ ޕޯޑިއަމް ތަކުގައި ވަރަށް ބޮޑަށް ދީނާއި ދުރު ބައެއް ކަމަށް އިދިކޮޅުގައި ތިއްބަވަނީ ހާމަކުރެއްވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ޚުދު ރައީސް ޔާމީންވެސް ވަރަށް ބޮޑަށް މި މަސައްކަތް ކުރައްވާއިރު އެމަނިކުފާނު ނޫން މީހަކު ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖެއިން އިސްލާމްދީން ފުހެވިގެން ހިނގައިދާނެކަމަށް ދޭހަވާ މިންވަރަށްވެސް ދަނީ ދީން ހަތިޔާރަކަށް ހައްވަމުންނެވެ.

ފަޒުލަށް އާޔަތުލް ކުރުސި ކިޔުއްވަން އެނގިވަޑައިނުގެން އުޅުއްވާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އޭނާއަށް އަންނަނީ ވަރަށް ބޮޑަށް މީހުންގެ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.