މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ތިން މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނު ސަހަރާ ކައިރީގައި، ތޫނު އެއްޗަކުން ހަމަލާދީގެން މިރޭ 9:10 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފުުސީލެއް އަދި ފުލުހުން ދެއްވާފައެއް ނުވެއެވެ.
މާރާމާާރީގައި ޒަޚަމްވި މީހުންނަށް އައިޖީއެމްއެޗްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހުންގެ ހާލަތާ ގުޅޭ އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައި ވެ އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.