Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ރައީސްގެ ދަތުރުފުޅާއި ދިމާކޮށް ވަގަށް ގޮވި ޒުވާނަކު ހައްޔަރުކޮށްފި

ރައީސް އަބްދުﷲ ޔާމީން ރޭ ނ. އަތޮޅު ވެލިދޫއަށް ވަޑައިގެންނެވުމުގެ ކުރިން އެރަށުގެ ބަނދަރު ސަރަހައްދަށް އެއްވެ، ރައީސް ޔާމީނަށް ވަގަށް ގޮވިކަމަށް ބުނެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ރައީސް ޔާމީނަށް ވަގަށް ގޮވިކަމަށް ބުނެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އިތުރު ދެ މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރެއިން އެކަކީ އަންހެނެކެވެ.

އެހެން ނަމަވެސް ވަލިދޫ އިން ރޭ ހައްޔަރު ކުރި މީހުންނާއި ބެހޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ސިޔާސީ ފަރާތްތަކާއި އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް "ވަގަށް" ގޮވަމުންނެވެ.