ރައީސް އަބްދުﷲ ޔާމީން ރޭ ވެލިދޫއަށް ވަޑައިގަތުމުގެ ކުރިން ކޯޓު އަމުރަކާއެކު ފުލުހުން އެރަށު އެމްޑީޕީ ހަރުގެ އަށް ވަދެ ހަރުގެ ބަންދުކޮށް ބައެއް ސާމާން ހިފަހައްޓައިފިއެވެ.
ވެލިދޫ ނަރުދަމާ އަދި ފެނުގެ ނިޒާމު ނިންމައި އެކަން ފާހަގަކުރުމުގެ ގޮތުން ރައީސް ޔާމީން ވެލިދުއަށް ވަޑައިގެންނެވީ ރޭ 20:30 ގައެވެ. އޭގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެމްޑީޕީ ހަރުގެ ބަންދުކޮށްފައެވެ.
ކޯޓު އަމުރުގެ ދަށުން ފުލުހުން ވަނީ ވެލިދޫ އެމްޑީޕީ ހަރުގޭގައި ހުރި އަޑުގަދަކުރާ އާއި ސްޕީކަރ ސިސްޓަމްތައް ގެންގޮސްފައެވެ.
ބެލެވޭ ގޮތުގައި މިކަން ކޮށްފައިވަނީ ވެލިދޫގައި ރައީސް ޔާމީން ހުންނަވަނިކޮށް އިދިކޮޅު ފަރާތްތަކުން އެއްވެ މުޒާހަރާކޮށް ރައީސް ޔާމީނާ ދެކޮޅަށް އަޑު އުފުލަފާނެތީއެވެ. އެރަށު އެމްޑީޕީ އެކްޓިވިސްޓުން ވަނީ ހަރުގެ ބަންދު ކުރީ ހަޖަމު ނުވާނެތީ ކަމަށް ބުނެ ފާޑުކިޔާފައެވެ.