Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެމްޑީޕީގެ އަސާސްތަކުގައި ދީނާއި ގައުމަށް އިސްކަންދިނުން މުހިއްމެއް ނޫން: ނިހާން

އެމްޑީޕީގެ އަސާސްތަކުގައި ދީނާއި ގައުމަށް އިސްކަންދިނުން އެއީ ކޮންމެހެން އެހާ މުހިއްމު ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުޞައިން މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓްގައި މީގެ އިތުރުން ނިހާން ވަނީ ދިވެހިންގެ ދީނާއި، ޤައުމިއްޔަތު ވިއްސިވިހާލި ކުރުމަކީ ޒަމާނުއްސުރެ އެމްޑީޕީ ދަސްކޮށްދޭ ނުބައި އާދައެއް ކަމަށެވެ.

"ދިވެހިންގެ ދީނާއި، ޤައުމިއްޔަތު ވިއްސިވިހާލި ކުރުމަކީ ޒަމާނުއްސުރެ އެމްޑީޕީ ދަސްކޮށްދޭ ނުބައި އާދައެކެވެ. އެމްޑީޕީގެ އަސާސްތަކުގައި ދީނާއި ގައުމަށް އިސްކަންދިނުން އެއީ ކޮންމެހެން އެހާ މުހިއްމު ކަމެއް ނޫނެވެ" ނިހާން ވިދާވިއެވެ.]

އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް އަމާޒު ކުރުމުގައި ނިހާން އަކީވެސް ވަރަށް ކުރީގައި އުޅުއްވާ ބޭފުޅެކެވެ.