Last Updated: April 23, 14:18
Tuesday, April 23, 2024
މުނިފޫހިފިލުވުން

ޝީރަން އަންނަ އަހަރަކު އަލްބަމެއް ނުނެރޭނެ

އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އަންނަ އަހަރު ލަވަ އަލްބަމެއް ނެރުމުގެ ޚިޔާލެއް ނެތް ކަމަށް ބުނެފިއެވެ.

މިދިޔަ އަހަރު ޝީރަން ނެރުނު "ޑިވައިޑް" އަލްބަމަށް ދުނިޔޭގެ އެކި ކަންކޮޅުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު އަލްބަމުގެ 2.7 މިލިއަން ކޮޕީސް ވަނީ އިނގިރޭސި ވިލާތުގައި އެކަނިވެސް ވިކިފައެވެ.

އޭނާގެ މަސައްކަތާ ގުޅޭގޮތުން ޝީރަންއާ ސުވާލުކުރުމުން ބުނެފައިވަނީ ލަވަ އަލްބަމެއް ނެރުމުގެ ޚިޔާލެއް ނެތް ކަމަށެވެ. ނަމަވެސް އެހެންކަހަލަ، އާންމުކޮށް ނުކުރާ މަސައްކަތެއް ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މަޝްހޫރު ޓީވީ ސީރީސް، ގޭމް އޮފް ތްރޯންސްގެ އެންމެ ފަހު ސީޒަނުގެ އެޕިސޯޑަކުން ވެސް ފެނިފައިވާ ޝީރަން ބުނެފައިވަނީ އޭނާގެ ޓުއާ އަންނަ ސެޕްޓެމްބަރުގައި ނިންމާލުމަށް ފަހު މިއުޒިކުން ޗުއްޓީ އެއް ނަގާނެ ކަމަށެވެ.