Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މިނިވަން މުއައްސަސާއެއްގެ ވެރިޔަކު އައްޑޫގައި ޕީޕީއެމް އަށް ކެމްޕެއިން ކުރައްވަނީ!

ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ އިސް ވެރިޔަކު ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަށް ތާއީދު އިތުރުކުރުމަށް ދޮރުން ދޮރަށް ހިންގަވަމުން އެބަގެންދެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބައެއް އާއްމު ރައްޔިތުން ބުނެފައިވާ ގޮތުގައި، މިނިވަން މުއައްސަސާއެއްގެ އިސްވެރިޔާގެ މަގާމުގައި މިހާރު ވެސް ހުންނެވި އެބޭފުޅާ ގޭގެއަށް ގޮސް ރައީސް ޔާމީން އަށް ވޯޓު ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

އައްޑޫގެ ބައެއް ގެތަކަށް ގޮސް ކެމްޕެއިން ކުރަމުން ގެންދާ މިނިވަން މުއައްސަސާގެ އިސްވެރިޔާ އެގެތަކުގައި ދައްކަވާފައިވާ ވާހަކައިގެ އޯޑިއޯ ވެސް 'އައްޑޫލައިވް' އަށް ވަނީ ލިބިފައެވެ. އެ އޯޑިއޯތަކުގައި އެބޭފުޅާ ވަނީ، ރައީސް ޔާމީން ހޮވުމުގެ މުހިއްމު ކަމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި އިދިކޮޅުގައި ތިބި މީހުންގެ މައްސަލަތައް ރައީސް ޔާމީނަށް ވުރެ ގިނަ ކަމަށް ވެސް ވިދާޅުވެއެވެ.

އައްޑޫގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ މިނިވަން މުއައްސަސާ އެއްގެ އިސްވެރިޔާގެ މައުލޫމާތު ހާމަކުރެވުން ނެތި ޚިޔާލު ފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ޤާނޫނު އޮތް ގޮތުން މިކަމާއި ބެހޭގޮތުން އެބޭފުޅާގެ ބަހެއް އަދި ނުލިބޭތީއެވެ.