Last Updated: July 13, 22:16
Sunday, July 13, 2025
ޚަބަރު

ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިލައިގެންދާނެ ދުވަސް މާދުރަކު ނެތް: ގާސިމް

ރައީސް އަބްދުﷲ ޔާމީން ރާއްޖެ ދޫކޮށް ފިލައިގެން ދާނެ ދުވަސް މާދުރަކުނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނީ ހަލާލު ނޫން ގޮތުގައި ހޯއްދެވި ގިނަ ފައިސާތައް ވެސް ހިއްޕަވައިގެން ކަމަށެވެ. އަދި އެމަނިކުފާނަށް އެހީތެރިވި މީހުންގެ ތެރެއިން މިހާތަނަށް އަނިޔާ ނުދެވި ތިބި 10 ވަރަކަށް މީހުންނަށް ވެސް ލަނޑު ދީފައި ކަމަށް ވެސް ގާސިމް ވިދާޅުިއެވެ. ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނީ އެކަން ނުކުރައްވައިފި ނަމަ އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަން އެނގިވަޑައިގަންނަވާތީ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.

"ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިލައިގެން ދާނެ ދުވަސް މާދުރަކުނެތް. އެއީ ހަލާލު ނޫން ގޮތުގައި އެއްކުރެއްވިހާ ގިނަ ފައިސާ ހިއްޕަވައިގެން. މީހާތަނަށް އެހީތެރިވި އަނިޔާ ނުދެވިތިބި 10 ވަރަކަށް މީހުންނަށް ލަނޑުދީފަ ފިލާ ރައްކާވާނެ. ނޫނީ އޮންނަވާނީ ޖަލުގައި ކަން އިނގޭތީ އިންޝާ ﷲ" ގާސިމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުންނާއި ރައީސް ޔާމީން ވެސް ގެންދަވަނީ ލެވުނު ބާރެއް ލާފައި ކެމްޕޭނު ކަންތައް ކުރިޔަށް ގެންދަވަމުންނެވެ. ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ މި އިންތިޚާބަކީ އެ ފަރާތަކުން ކާމިޔާބު ކުރާނެ އިންތިޚާބެއް ކަމަށެވެ.