އިއްތިހާދުގެ ވެރިކަމެއްގައި ނަރުހުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރަނިންގ މޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ކ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ހުރާއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން ފައިސަލް ވިދާޅުވީ ތްހަމަޖެހޭ މާހައުލެއްގައި ސިޔާސީ އެއްވެސް ފިއްތުންތަކެއް ނެތި މަސައްކަތް ކުރުމުގެ ފުރުސަތު ރައްޔިތުންގެ ޙައްޤުއި ނަރުހުންނާއި ޑޮކްޓަރުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ.
ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް އެބޭފުޅުން ކުރައްވާ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ލިބި ހިންހަމަޖެހޭނެ ފަދަ މާހައުލެއް ޤާއިމްކޮށްދެއްވާނެ ކަމަށެވެ.
އަދި ރާއްޖޭގެ މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްވެސް ޤާއިމް ކުރައްވާނެ ކަމަށާޢި، ތަރައްޤީގެ ގިނަ މުހިންމު މަސައްކަތްތަކެއް ވެރިކަމުގެ ދައުރުގެ ކޮންމެ ދުވަހެއްގައި ކުރައްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑު ކުރާނެ ކަމަށް ފައިސަލް ހާމަކޮށްފައިވާއިރު ނަރުހުންގެ މުސާރާއިގެ އޮނިގަނޑާމެދު ހިތްހަމަނުޖެހިގެން ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުން ވަނީ ނަރުހުންނަށް ލިބެމުންދިޔަ އެލަވަންސްތައް ކަނޑާލާ ބޭސިކް މުސާރަ 15 ޕަސެންޓަށް އިތުރުކޮށްފައެވެ.