ސިނަމާލޭ ބްރިޖުގައި ހަވާ އެރުވުމަށް އަންނާނީ އެންމެ ބޮޑު ހަވާ އެރުވުމުގެ ދުނިޔޭގެ ރިކޯޑު ހަދާފައިވާ ބައެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބްރިޖް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ގައެވެ.
މުއިއްޒު މިއަދު ވިދާޅުވީ ބްރިޖު ހުޅުވާއިރު އެންމެ ބޮޑު އެއް ކަމަކަށް އޮންނާނީ ހަވާ އެރުވުމާއި ލޭޒާ ޝޯގެ އިވެންޓެއް ކަމަށެވެ. އެގޮތުން ބޮޑު ސްކޭލެއްގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށާއި އެމްއެންޑީއެފްއާ ގުޅިގެން އެކަން ކުރިޔަށް ގެންދަނީ މުޅި ދުނިޔޭގައި ވެސް ހަވާ އެރުވުމުގެ ރެކޯޑު އޮންނަ ފަރާތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
Holders of the Guinness World Record for the "Largest Fireworks Display" ever recorded, is going to be doing a world class fireworks display for the grand opening of CMFB.
— Dr Mohamed Muizzu (@MMuizzu) August 29, 2018
ހަވާ އަރުވާ ފަރާތުން ވިދާޅުވަނީ މި ސަރަހައްދުގައި މިހާތަނަށް ބާއްވާ އެންމެ ރީތި ފަޔާ ވޯކްސްއަށް މި ފަޔާވޯކްސް ވާނޭ ކަމަށް ކަމުގައި މުއިއްޒު ވިދާޅުވި އެވެ. މިއާރު ހަވާ އެރުވުމަކީ ދިވެހިންނަށް ވަރަށް އާންމު ކަމެއް ކަމުގައިވީ ނަމަވެސް މި ފަޔާ ވޯކްސްއަކީ މި މަޝްރޫއުގެ ބޮޑު މިނާއި މުހިންމު ކަމަށް ބަލާއިރު މި މަޝްރޫއަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލަދޭ ރައްޔިތުންގެ ތަރައްގީ އެތައް ގުނައަކަށް އުފުލި ޒުވާނުންގެ އުންމީދާ ގުޅިފައިވާތީ އެ ސްކޭލްގެ ފަޔާވޯކް އަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ނިންމާފައި ވަނީ މާދަމާ ރޭގެ އިތުރުން ބްރިޖު ހުޅުވުމުގެ އުފާ ހަފްތާއެއް ވަންދެން ފާހަގަ ކުރުމަށެވެ. މި ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ޗައިނާގެ ޚާއްސަ ވަފްދެއް ވަނީ މިހާރު މާލެ ވަޑައިގެންފައެވެ.