Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ގުޅިފައިވާ ޕާޓީތަކުގެ ރަނިން މޭޓް ބ.އަތޮޅަށް

ފުވައްމުލަކު ރައްޔިތުން ފައިސަލް އަށް މަރުހަބާ ދަންނަވަނީ - ފޮޓޯ: އެމްޑީޕީ

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް ފައިސަލް ނަސީމް ބ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

މިއަދު ހެނދުނު ފައިސަލް އާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް އިސްވެރިން ވެސް ވަނީ ފުރާވަަޑައިގެންފައެވެ.

މައުލޫމާތު ލިބިފައިވާ 2 ދުވަހުގެ މި ދަތުރުފުޅުގައި ބ.އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ.

ފައިސަލް ބ.އަތޮޅަށް ފުރާވަޑައިގެންނެވި އިރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ ވެސް ގެންދަވަނީ، ވަރަށް ބުރަކޮށް ކެމްޕެއިން ކުރައްވަމުންނެވެ.