އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރުމުގެ ގޮތުން ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް އޮތް ތާއިދު ދައްކާލުމުގެ ގޮތުން މާދަމާ ހަވީރު ސައިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބް ރައީސް އިބްރާހިމް ރަޝީދު (އިބްރޭ) ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އައްޑޫގައި ގުޅިގެން ކެމްޕެއިން ކުރިއަށްދާ އިރު މި ހަފްތާ ބަންދަކީ ގިނަ ހަރަކާތްތަކެއް އިންތިޒާމް ކުރެވިފައިވާ ހަފްތާއެއް ކަމަށެވެ.
އެގޮތުން މިރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ރެއާއި ހަމައަށް ރޭގަނޑާއި ދުވާލު ގަނޑިގައި އެކި ހަރަކާތް އިންތިޒާމް ކޮށްފައިވާ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން މި ހަފްތާ ބަންދުގައި އިންތިޒާމް ކޮށްފައިވާ ހަރަކާތްތައް:
1- ހިތަދޫ ބަނދަރި ސައި ( ހިތަދޫ ފަތާ ޓްރެކް ސަރަހައްދު 30 އޮގަސްޓު 2018 މިއަދު ހަވީރު 4:30)
2- މަރަދޫ ބާބަކިއު ( މަރަދޫ ބަނދަރި ސަރަހައްދު، 30 އޮގަސްޓު 2018 (މިރެއި 8:30 )
3- ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމް ކުރާ ސައިކަލް ބުރު (31 އޮގަސްޓު 2018 މާދަމާ ހަވީރު 4:00 މަރަދޫ ބަނދަރު މަތިން)
4- ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމް ކުރާ ބާބަކިއު ( 31 އޮގަސްޓު 2018 މާދަމާ ރޭ ހިތަދޫ ޖުމްހުރީ ޕާޓީ އޮފީސް ސަރަހައްދު، ފެށޭ ގަޑި: ރޭގަނޑު 8:30 )
5- ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ ( 1 ސެޕްޓެމްބަރ 2018) ހޮނިހިރު ދުވަހުގެ ރޭ ހިތަދޫ ފުޓްބޯޅަ ދަނޑުގައި، ރޭގަނޑު: 8:30)